ޢާއްމު ނަސޭޙަތް


ހަސިފަ

މިއީ އާއްމު ނަސޭހަތުގައި ބޭނުންކުރާނެ މުޤައްރަރެވެ. މިތަކެތި ހިތުދަސްވާންޖެހޭނެއެވެ.


بسم الله الرحمن الرحيم

السلام عليكم ورحمة الله وبركاته

نحمد الله ونصلي ونسلم على رسوله الكريم اما بعد

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

إِنَّ اللَّهَ عَزِيزٌ حَكِيمٌ

މާނައީ:- اللَّهއީ، عزيزވަންތަ حكيمވަންތަ ރަސްކަލާނގެއެވެ.

މާތް الله سبحانه وتعالى ، أصحاب ބޭކަލުންނަށް عزة ދެއްވާ އަދިއެބޭކަލުންނަށް نصرދެއްވެވީ އެބޭކަލުންގެ ހަށިކޮޅުގައި ވަރަށް ގިނަ ދީނީ ސިފަތަކެއް ހުރެގެން. އޭގެތެރެއިން މުހިއްމު ގޮތެއްގައި 6 ސިފައެއްފާހަގަކޮށްލެވެއެވެ. އެއީ:

  1. توحيدގެكلمة : لااله الا الله محمد رسول الله
  2. ނަމާދުއޭގެ خشوعة ތެރިކަމާއި އަދި حضوعة ތެރިކަމާއެކުކުރުން
  3. علم އުނގެނުމާއި އާއި الله އަށް ذكر ކުރުން
  4. މުސްލިމުންނަށް إكرام ކުރުން
  5. ނިޔަތް خلاصކުރުން
  6. الله ގެދީނަށްގޮވާލުމާއި އަދި އެކަމަށްޓަކައި اللهގެ މަގުގައިނިކުތުން

1- ފުރަތަމަ ސިފަ لااله الا الله محمد رسول اللهގެކަލިމަ


لااله الا الله ގެމާނަ:

މާނައީ:- ﷲފިޔަވައި ޙައްޤު ގޮތުގައި އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ.

މިكلمة ގެمقصدއަކީ:-

  1. مخلوقންގެ މައްޗަށް ބަރޯސާވުން ކުޑަކޮށް خالقވަންތަ ﷲއަށް ބަރޯސާވުން ބޮޑުކުރުން (އެބަހީﷲ އަށް وكيلކުރުން ބޮޑުކުރުން)
  2. ދުނިޔެއަށްވުރެ ބޮޑަށްآخرةށް އިސްކަން ދިނުން
  3. ވަސީލަތްތަކާއި ސަބަބުތަކުގައި ހިފުމާއެކު ދީނުގެعملތަކަށް ބޮޑަށް އިސްކަންދިނުން

މިكلمةގެމާތްކަން:-

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ وَصَدَّقَ بِالْحُسْنَىٰ فَسَنُيَسِّرُهُ لِلْيُسْرَىٰ ﴿الليل ﴾

މާނައީ:- ފަހެމުދަލުންހޭދަކޮށް)اللَّهއަށް (تقوىވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރި މީހާދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަންހުރިމަގަށް އެމީހަކަށް މަގުފަހިކޮށް ދެއްވާހުށީމެވެ.

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

منْ كَانَ آخِرَ كلاَمِهِ لا إِلهَ إِلاَّ اللَّه دَخَلَ الجنَّةَ

މާނައީ: އެމީހެއްގެ އެންމެ ފަހު ވާހަކައަކީ لااله الا اللهގެ ކަލިމަ ކަމުގައިވެއްޖެ މީހާ ސުވަރުގެ ވަދެވޭ ހުއްޓެވެ.

މިكلمةގެحقيقة އަކީ ( އެބަހީ ނެރެދޭ ނަތީޖާއަކީ) :-

ހިތް އެކަމަށް ފުރޮޅިގެންދިއުން

އެކަމުގެ ނިޝާނަކީ ނުވަތަ ހެއްކަކީ (އެބަހީ އެކަން حاصل ވިކަން އެނގޭނެގޮތަކީ):-

އެމީހެއްގެފިކުރު،ދީނީ ފިކުރަކަށް ބަދަލުވެގެން ދިއުން

މިكلمةގެ މުހިއްމު ކަން:-

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

يقول الله تعالى ‏ ‏أخرجوا من النار من كان في قلبه ‏ ‏مثقال ‏ ‏حبة من ‏ ‏خردل ‏ ‏من إيمان

މާނައީ:- މާތްالله سبحانه وتعالى ، وحي ކުރައްވާނެތެވެ. އެމީހެއްގެ ހިތުގައި އީމާންކަމުން ރެވިފުކެއްގެ މިންވަރު އޮތް މީހަކު ނަމަވެސް ނަރަކައިން ނެރުއްވާށެވެ.

މިكلمة، حاصلކުރުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް:-

  1. ފުރަތަމަކަމަކީ:- لااله الا اللهގެكلمة ކިޔުންގިނަކުރުން . އަދިއެكلمةގެمقصد އާއިއެއްގޮތަށްހަށިގަނޑުހޭނުވުން .
  2. ދެވަނަކަމަކީ:- لااله الا اللهގެكلمة ގެމައްޗަށްއެއްވެވޭمجلسތަކުގައިބައިވެރިވުންގިނަކުރުން .
  3. ތިންވަނަކަމަކީ:- لااله الا اللهގެكلمة އާއެއްގޮތްވާގޮތުގެމަތިން ދިރިއުޅުން ބެހެއްޓުމަށް މީސްތަކުންނަށް ދީނުގެدعوة ދިނުން .
  4. ހަތަރުވަނަކަމަކީ:- لااله الا اللهގެكلمة އާއެއްގޮތަށް އުޅުމުގެ ހެޔޮتوفيقއަށް އެދި الله އަށް ގިނަގިނައިން دعاءކުރުން .

محمد رسول اللهގެކަލިމަ

މާނައީ:- محمدގެފާނަކީ اللهގެރަސޫލާއެވެ.

محمد رسول اللهގެ ކަލިމައިގެمقصدއަކީ:-

  1. رسول الله صلى الله عليه وسلمއަމުރު ކުރެއްވި ކަންތައްތަކަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުން.
  2. رسول الله صلى الله عليه وسلمގެބަސްފުޅުތަށް ހިތުން ކަށަވަރުކޮށް ތެދުކޮށް ގަބޫލުކުރުން.
  3. رسول الله صلى الله عليه وسلمމަނާ ކުރެވި ކަންތައްތަކުން ދުރުހެލިވެގަތުން.

މިكلمةގެމާތްކަން:-

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

وَإِنْ تُطِيعُوهُ تَهْتَدُوا

މާނައީ:- އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ.

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

كُلُّ أُمَّتِي يدْخُلُونَ الْجنَّةَ إِلاَّ مَنْ أَبَى » . قِيلَ وَمَنْ يَأْبَى يا رسول اللَّه ؟ قالَ : « منْ أَطَاعَنِي دَخَلَ الجنَّةَ ، ومنْ عصَانِي فَقَدْ أَبَى » رواه البخاري .

މާނައީ:- ތިމަންރަސޫލާގެ އުއްމަތުގެ މީހުންގެ ތެރެއިން ސުވަރުގެއަށް ވަނުމަށް އިންކާރުކޮށްފިމީހެއްނޫނީ އެހެންއެންމެންނަށް ސުވަރުގެއަށް ވަދެވޭނެހުއްޓެވެ. ދެންނެވުނެވެ. އޭاللهގެރަސޫލާއެވެ. ސުވަރުގެއަށް ވަނުމަށް އިންކާރުކުރާނީ ފަހެކާކުހެއްޔެވެ؟ حديثކުރެއްވިއެވެ. ތިމަންރަސޫލާއަށް ކިޔަމަންގެންފިމީހާއީ ސުވަރުގެއަށް ވަދެވޭނެމީހެކެވެ. އަދި ތިމަންރަސޫލާއަށް ނުކިޔަމަންތެރިވެއްޖެ މީހާއަކީ ފަހެ ހަމަކަށަވަރުން (ސުވަރުގެއަށްވަނުމަށް) އިންކާރުކޮށްފިމީހެކެވެ .

މިكلمةގެحقيقة އަކީ:-

رسول الله صلى الله عليه وسلم ދެކެ ލޯބިވުން .

އެކަމުގެނިޝާނަކީ:-

رسول الله صلى الله عليه وسلم އަށްތަބާވުން .

އެބަހީއެމީހެއްގެއުޅުމާއިގުޅުން رسول الله صلى الله عليه وسلم ގެސުންނަތާއި އެއްގޮތަކަށް ބަދަލުވެގެންދިއުން .

މިكلمةގެމުހިއްމުކަން:-

رسول الله صلى الله عليه وسلمގެންނެވިމަގު ފިޔަވައި އެހެންހުރިހާ މަގެއް ގޮސްނިމެނީ ހަލާކާއި ގެއްލުމުގެ ތެރެއަށް .ކާމިޔާބާއި ބާއްޖަވެރިކަން ލިބޭމަގަކީ ހަމައެކަނި އެކަލޭގެފާނުގެމަގު .

މިكلمة، حاصلކުރުމަށްޓަކައިކުރަންޖެހޭކަންތައްތައް:-

  1. ފުރަތަމަކަމަކީ:- رسول الله صلى الله عليه وسلمގެ ސުންނަތާއި އެއްގޮތަށް ހަށިގަނޑު ހޭނުވުން.
  2. ދެވަނަކަމަކީ:- رسول الله صلى الله عليه وسلمގެ ސުންނަތުގެ މައްޗަށް އެއްވެވޭ مجلسތަކުގައި ބައިވެރިވުން ގިނަކުރުން.
  3. ތިންވަނަކަމަކީ:- رسول الله صلى الله عليه وسلمގެ ސުންނަތާއި އެއްގޮތްވާގޮތުގެމަތިން ދިރިއުޅުން ބެހެއްޓުމަށް މީސްތަކުންނަށް ދީނުގެدعوة ދިނުން.
  4. ހަތަރުވަނަކަމަކީ:- رسول الله صلى الله عليه وسلمގެސުންނަތާއި އެއްގޮތަށް އުޅުމުގެ ހެޔޮتوفيقއަށްއެދި الله އަށް ގިނަގިނައިން دعاءކުރުން.

2- ދެވަނަސިފައަކީ:- ނަމާދުخشوعة ތެރިކަމާއި އަދިحضوعةތެރިކަމާއެކުކުރުން


މިصفةގެمقصدއަކީ:-

اللهގެخزانةއިން ފައިދާحاصلކޮށްގަތުން

މިصفةގެމާތްކަން:-

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

قَدْ أَفْلَحَ الْمُؤْمِنُونَ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾

މާނައީ:- مؤمنން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ،އެއުރެންގެނަމާދުގައި މަޑުމައިތިރިވެ ތިބޭމީހުންނެވެ .

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ .

أَرأَيْتُمْ لَوْ أَنَّ نَهْراً بِباب أَحَدِكم يغْتَسِلُ مِنْه كُلَّ يَوْمٍ خَمْس مرَّاتٍ ، هلْ يبْقى مِنْ دَرَنِهِ شَيءٌ؟» قالُوا : لا يبْقَى مِنْ درنِهِ شَيْء ، قَال : « فذلكَ مَثَلُ الصَّلَواتِ الخَمْسِ ، يمْحُو اللَّه بهِنَّ الخطَايا متفقٌ عليه .

މާނައީ:- ތިޔަބައި މީހުންގެތެރެއިން މީހެއްގެ ދޮރުމަތީގައި އޮއިދެމޭ ކޯރެއްއޮވެފައި އެފެންގަނޑުން އެމީހާ ރެއާއިދުވާލު ފަސްފަހަރު ފެންވަރާނަމަ އެމީހެއްގެހަށިގަޑުގައި އެއްވެސް ކަހަލަ މިލައެއް ހުންނާނެތޯއެވެ؟ އެބޭކަލުން ދެންނެވިއެވެ. އެއްވެސް މިލައެއް ނުހުންނާނެހެވެ . حديثކުރެއްވިއެވެ. فَرضފަސްނަމާދުގެ مثاَلކީ އެއީއެވެ. الله سبحانه وتعالىއެކަމުގެސަބަބުން ފާފަތައް ފުއްސަވައެވެ .

މިصفةގެحقيقة އަކީ:-

مخلوقންނާއި ގުޅުން ކެނޑި خالقވަންތަ اللهއާ ގުޅުންއުފެދުން .

އެކަމުގެ ނިޝާނަކީ:-

އަހަރުމެންކުރާ ނަމާދުގެ ސަބަބުން فاحش ކަންތައްތަކާއި منكرات ތަކުން ސަލާމަށްވުން.

މިصفةގެމުހިއްމުކަން:-

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

إِنَّ أَوَّل ما يُحاسبُ بِهِ العبْدُ يَوْم القِيامةِ منْ عَملِهِ صلاتُهُ ، فَإِنْ صَلُحت ، فَقَدْ أَفَلحَ وَأَنجح ، وإن فَسدتْ ، فَقَدْ خَابَ وخَسِر ،

މާނައީ:- ހަމަކަށަވަރުން قِيامةދުވަހު އަޅާއި އެންމެ ފުރަތަމައިން ސުވާލުކުރެވޭނީ އޭނާގެއަމަލު ތަކުގެތެރެއިން ނަމާދާއިމެދުގައެވެ. ފަހެ އެރަގަޅުވެއްޖެނަމަ ހަމަކަށަވަރުން އެމީހަކަށް ކާމިޔާބުވީއެވެ. އަދި އެމީހަކު ފާސްވީއެވެ. އަދި އެފާސިދު ވެއްޖެނަމަ ފަހެ ހަމަކަށަވަރުން އެމީހަކަށް ނާކާމިޔާބު ލިބުނީއެވެ. އަދި އެމީހަކަށް ގެއްލުމާއި ހަލާކުލިބުނީއެވެ.

މިصفة، حاصلކުރުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް:-

  1. ފުރަތަމަކަމަކީ:- فرضފަސްނަމާދަށް ރައްކާތެރިވުން. އަދިسنةނަމާދުތައް ގިނަކުރުން. އަދި ނަމާދު ކުރުމުގައި خشوعةތެރިވެ ހުރުމަށް ބާރުލުން.
  2. ދެވަނަކަމަކީ:-خشوعة ތެރިކަމާއި حضوعة ތެރިކަމާއެކު ނަމާދުކުރުމުގެ މާތްކަން ބަޔާންކުރެވޭ مجلسތަކުގައި ބައިވެރިވުން ގިނަކުރުން.
  3. ތިންވަނަކަމަކީ:-خشوعة ތެރިކަމާއި حضوعة ތެރިކަމާއެކު ނަމާދު ކުރުމަށް މީސްތަކުންނަށް ދީނުގެدعوة ދިނުން.
  4. ހަތަރުވަނަކަމަކީ:-خشوعة ތެރިކަމާއި حضوعة ތެރިކަމާއެކު ނަމާދުކުރުމުގެ ހެޔޮتوفيقއަށްއެދި الله އަށްގިނަގިނައިން دعاءކުރުން.

3- ތިން ވަނަސިފައަކީ:- علمއުގެނުމާއި اللهއަށް، ذكرކުރުން


މިصفة ގެمقصدއަކީ:-

اللهގެ އަމުރުފުޅުތައް معرفةކޮށް ދެނެގަތުން

މިصفةގެމާތްކަން:-

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

قُلْ هَلْ يَسْتَوي الَّذِينَ يَعْلَمُونَ وَالَّذِينَ لاَ يَعْلَمُونَ [ الزمر : 9 ]

މާނައީ:- ކަލޭގެފާނުވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެހެއްޔެވެ؟

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

ومَنْ سلَك طرِيقاً يَلْتَمِسُ فِيهِ عِلْماً ، سهَّلَ اللَّه لَهُ بِهِ طَرِيقاً إلى الجَنَّةِ رواهُ مسلمٌ

މާނައީ:- މީހަކު علمހާސިލްކުރުމުގެމަގުގައި ނިކުމެއްޖެނަމަ،އެމީހަކަށް الله سبحانه وتعالىސުވަރުގެއަށް ދިޔުމަށް މަގެއް ފަހިކޮށް ދެއްވައެވެ.

މިصفةގެحقيقة އަކީ:-

ހިތަށްعلمގެއަސަރުފޯރުން

އެކަމުގެނިޝާނަކީ:-

ހިތުގައިالله އަށް ބިރުވެތިކަންއުފެދުން

މިصفةގެމުހިއްމުކަން:-

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ. طلب العلم فريضة على كل مسلم

މާނައީ:- علم އުގެނުމަކީކޮންމެ މީހެއްގެ މައްޗަށްވާ فرض އެކެވެ.

މިصفة، حاصلކުރުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް:

  1. ފުރަތަމަކަމަކީ:-ދީނީعلمވެރިންނާ ގުޅުންބަދަހިކޮށް އެބޭކަލުންގެ އަރިހުން ޢިލްމަށްއެދުން.
  2. ދެވަނަކަމަކީ:-ދީނީعلم އުނގަންނާދޭمجلسތަކުގައި ބައިވެރިވުން ގިނަކުރުން.
  3. ތިންވަނަކަމަކީ:- علمއުނގެނުމަށް މީސްތަކުންނަށް ދީނުގެدعوة ދިނުން.
  4. ހަތަރުވަނަކަމަކީ:-ދީނީعلمލިބުމުގެ ހެޔޮتوفيقއަށް އެދިالله އަށް ގިނަގިނައިން دعاءކުރުން.

اللهއަށްذكرކުރުން

މިصفة ގެمقصدއަކީ:-

اللهގެ އަމުރުފުޅުތައް ހަނދާނަށް ގެނެސްގަތުން

މިصفةގެމާތްކަން:-

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّاللَّهُ لَهُمْ مَغْفِرَةًوَأَجْرًا عَظِيمًا (الأحزاب 35)

މާނައީ:- ގިނަގިނައިން اللَّهހަނދުމަކޮށް ذِكرކުރާ ފިރިހެނުންނާއި، ذِكرކުރާ އަންހެނުންނާއި، އެއެންމެންނަށްޓަކައި اللَّه ފާފަ ފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރެއްވިއެވެ.

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

«مَثَلُ الذي يَذكُرُ ربَّهُ وَالذي لا يذكُرُهُ ، مَثَل الحيِّ والمَيِّتِ » رواهُ البخاري .

މާނައީ:- އެމީހާ ހައްދަވައި ގެންގުޅުއްވާ އިލާހަށް ޒިކުރުކުރާމީހަކާއި އަދި ޒިކުރު ނުކުރާ މީހެއްގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެމިސާލެވެ.

މިصفةގެحقيقة އަކީ:-

ﷲ އަށްލޯބިވުން

އެކަމުގެނިޝާނަކީ:-

ﷲ އަށްކިޔަމަންތެރިވުން.

މިصفة ގެމުހިއްމުކަން:-

ގިނަގިނައިން اللَّهހަނދުމަކޮށް ذِكرކުރުމަކީ ހިތްغافلކަމުން ދުރުވާކަމެއް.

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

قال الله تعالى : الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِاللَّهِ ۗ أَلَا بِذِكْرِاللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨الرعد﴾

މާނައީ: އެއުރެންނީ، إيمانވިމީހުންނެވެ. އަދި اللَّهހަނދުމަކުރުމުން،އެއުރެންގެ ހިތްތައް ހަމަޖެހޭމީހުންނެވެ. ހިތްތައްހަމަޖެހެނީ، اللّهހަނދުމަ ކުރުމުންނޫންހެއްޔެވެ؟

މިصفة، حاصلކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް:

  1. ފުރަތަމަކަމަކީ:- ﷲގެކުޅަދުންވަންތަކަމާއިބޮޑުކަން ހަނާނަށްގެނައުން އަދިކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ދެރަވެ إستغفارދެންނެވުން . އަދި ހިތް އެދިގެން رسول الله صلى الله عليه وسلم އަށް ގިނަގިނައިން ސަލަވާތްފުޅު ކިޔެވުން.
  2. ދެވަނަކަމަކީ:-اللهއަށް ذكرކުރެވޭمجلسތަކުގައިބައިވެރިވުންގިނަކުރުން.
  3. ތިންވަނަކަމަކީ:-اللهއަށް ذكرކުރުމަށް މީސްތަކުންނަށް ދީނުގެدعوة ދިނުން.
  4. ހަތަރުވަނަކަމަކީ:-اللهއަށް ذكرކުރުމުގެ ހެޔޮتوفيقއަށްއެދި الله އަށްގިނަގިނައިން دعاءކުރުން.

4- ހަތަރުވަނަސިފައަކީ:- مسلمންނަށް إكرام ކުރުން


މިصفة ގެمقصدއަކީ:-

މީސްތަކުންގެ މެދުގައި އޮންނަ معاملاتގެގުޅުންތަކާއި معاشراتގެގުޅުންތަކާއި أخلاقياتގެގުޅުންތަށް ބަދަހިކުރުން.

މިصفةގެމާތްކަން:-

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

إِنَّمَا الْمُؤْمِنُونَإِخْوَةٌ(الحجرات 10)

މާނައީ:- ހަމަކަށަވަރުންމުއުމިނުންވާކަންކަށަވަރީއަޚުންތަކެއްކަމުގައެވެ.

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

مثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وتَرَاحُمِهِمْ وتَعاطُفِهِمْ ، مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَداعَى لهُ سائِرُ الْجسدِ بالسهَرِ والْحُمَّى متفقٌ عليه .

މާނައީ:- مُؤْمنން އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކޮށް ހިތުމުގައްޔާއި رحمކުރުމުގައްޔާއި އަދިއޯގާވެރިވުމުގައި مثالއަކީ ހަށިގަނޑުގެ مثالއެވެ. އެހަށިގަނޑުގެ ގުނަވަނެއްގައި ވޭންއަޅާފިނަމަ މުޅިހަށިގަނޑު ހުން އައުމާއި ހޭލާހުރުމުން އެގުނަވަނަކާއި ބައިވެރިވާ ފަދަ އިންނެވެ.

މިصفةގެحقيقة އަކީ:-

މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ދީނީގޮތުން އަދާކުރަންޖެހޭ حقތައް އަދާވުން.

އެކަމުގެނިޝާނަކީ:-

މީސްތަކުންގެ މެދުގައި ލޯތްބާއި ކުލުނު އުފެދުން .

މިصفةގެމުހިއްމުކަން:-

މިކަމުގެ ސަބަބުން ހެޔޮކަންތަކަށް ރައްކާތެރިވުން .

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

منْ كَانَ يُؤْمِنُ بِاللَّهِ واليومِ الآخِرِ فَلْيُكْرِمْ ضَيْفهُ

اللهއާއި آخرةއަށް ދުވަހަށް ފުރިހަމަޔަށް ايمانވާ މީހާ مهمانންނަށް ކަމޭހިތާހުށްޓެވެ.

މިصفة، حاصلކުރުމަށް ޓަކައިކުރަންޖެހޭ ކަންތައްތައް:

  1. ފުރަތަމަކަމަކީ:- މީސްތަކުންނަށް އަދާކުރަންޖެހޭ حقތައް ބަރާބަރަށް އަދާކުރުން.
  2. ދެވަނަކަމަކީ:- މުސްލިމުންނަށް إكرام ކުރުމުގެ ވާހަކައާއި ރީތިأخلاقގެވާހަކަ ދެއްކެވޭ مجلسތަކުގައި ބައިވެރިވުން ގިނަކުރުން.
  3. ތިންވަނަކަމަކީ:- މުސްލިމުންނަށްإكرام ކުރުމަށާއިރީތިأخلاقލިބިގަތުމަށް މީސްތަކުންނަށްދީނުގެدعوة ދިނުން
  4. ހަތަރުވަނަކަމަކީ:- މުސްލިމުންނަށް إكرام ކުރުމަށާއި ރީތިأخلاقލިބިގަތުމަށް އެދިالله އަށް ގިނަގިނައިން دعاءކުރުން.

5- ފަސްވަނަސިފައަކީ:- ނިޔަތްخلاصކުރުން


މިصفة ގެمقصدއަކީ:-

عملތައް قبولވުން

މިصفةގެމާތްކަން:-

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

وَمَا أُمِرُوا إِلاَّ لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ - البينة 5

މާނައީ:- باطل މަގުން އެއްކިބާވެތިބެ، اللهއަށްއަޅުކަން خالصކުރާ حال،الله އަށް އަޅުކަންކުރުމަށާއި، ނަމާދު قائمކުރުމަށާއި ، ޒަކާތް ދިނުމަށްމެނުވީ، އެއުރެންނަށް އަމުރުކުރައްވާފައި ނުވެއެވެ.އަދިސީދާވެގެންވާ ދީނަކީއެއީއެވެ.

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

إنَّما الأَعمالُ بالنِّيَّات

މާނައީ:- ހަމަކަށަވަރުން عمل ތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ.

މިصفةގެحقيقة އަކީ:-

عمل ތައް ހަމައެކަނި الله އަށް خلاصކުރުން.

އެކަމުގެނިޝާނަކީ:-

ތިމާކުރާ عملއެއްގެ މައްޗަށް މީސްތަކުން ސަނާ ކިޔުނަސް އަދިހަޖޫ ކިޔުނަސް ވަރިހަމަވުން.

މިصفةގެ މުހިއްމުކަން:-

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

«إِنَّ الله لا يَنْظُرُ إِلى أَجْسامِكْم ، وَلا إِلى صُوَرِكُمْ ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعمالِكُمْ » رواه مسلم .

މާނައީ:- ހަމަކަށަވަރުން الله سبحانه وتعالى، (ثوابދެއްވުމުގައްޔާއި ރުހިވޮޑިގަތުމުގައި) ބައްލަވާވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ހަށިގަނޑަކަށްނޫނެވެ. އަދިތިޔަބައިމީހުންގެ ސޫރަތަކަށް ނޫނެވެ. އަދިކިއެއްތަ، އެކަލާނގެ ބައްލަވައިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ހިތްތަކަށެވެ. އަދިތިޔަބައިމީހުންގެعملތަކަށެވެ.

މިصفة، حاصلކުރުމަށްޓަކައި ކުރަންޖެހޭކަންތައްތައް:

  1. ފުރަތަމަކަމަކީ:- ކޮންމެކަމެއްފަށްޓާއިރު ނިޔަތް ﷲ އަށްޓަކައި خالص ކުރުން އަދި އެعملގެ މެދުތެރެއިން އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކުރުން އަދިއެކަމެއް ނިމިގެންދާއިރު ﷲ އަށް إستغفار ދެންނެވުން.
  2. ދެވަނަކަމަކީ:- إخلاصތެރިކަމުގެ މާތްކަންބަޔާން ކުރެވޭ مجلسތަކުގައި ބައިވެރިވުން ގިނަކުރުން.
  3. ތިންވަނަކަމަކީ:- إخلاصތެރިވުމަށް މީސްތަކުންނަށް މީސްތަކުންނަށް ދީނުގެدعوة ދިނުން.
  4. ހަތަރުވަނަކަމަކީ:- إخلاصތެރިކަމުގެސިފަލިބިގަތުމަށް އެދިالله އަށް ގިނަގިނައިން دعاءކުރުން.

6- ހަވަނަވަނަސިފައަކީ:- اللهގެދީނަށް ގޮވައިލުމާއި اللهގެމަގުގައިނިކުތުން


މިصفة ގެمقصدއަކީ:-

قيامةއާޖެހެންދެން ދީނަށް ގޮވާލުމުގެ މަސައްކަތްކުރިއަށް ގެންދިއުން.

މިصفةގެމާތްކަން:-

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴿٣٣فصلت ﴾

اللَّهގެދީނަށް އައުމަށް ގޮވާލައި، އަދިصالح عملކޮށް، އަދިހަމަކަށަވަރުން، ތިމަންނާވަނީ މުސްލިމުންގެ ތެރެއިންނޭބުނާ މީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީކާކުހެއްޔެވެ؟

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

الدال على الخير كفاعله

މާނައީ:- ހެޔޮކަންތަކަށް މަގުދައްކާމީހާ އެކަންކުރި މީހެއްފަދައެވެ.

މިصفةގެحقيقة އަކީ:-

يقين ކަން ހިތަށް ތެދުކޮށް ކަށަވަރުވުން.

އެކަމުގެނިޝާނަކީ:-

އެމީހާގެ ނަފުސާއި މުދާ ހޭދަކުރާނެ ހެޔޮމަގު ވިސްނިގެންދިއުން.

މިصفةގެމުހިއްމުކަން:-

رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

بَلِّغُوا عَنِّى وَلَوْ آيَةٌ

މާނައީ: ތިމަންކަލޭގެފާނުގެ ފަރާތުން އެއްމެ އާޔަތެއް ނަމަވެސް އެހެން މީހުންނާއި ހަމަޔަށް ފޯރުކޮށްދޭށެވެ.

މިصفة، حاصلކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް:

  1. ފުރަތަމަކަމަކީ:- ﷲ ގެމަގުގައި ނިކުމެ ދީނުގެ މަސައްކަތްކުރުން.
  2. ދެވަނަކަމަކީ:-ﷲ ގެމަގުގައި ނިކުމެ ދީނުގެ މަސައްކަތް ކުރުމުގެ މާތްކަން ބަޔާންކުރެވޭ مجلسތަކުގައި ބައިވެރިވުން ގިނަކުރުން.
  3. ތިންވަނަކަމަކީ:-ﷲ ގެމަގުގައި ނިކުމެ ދީނުގެ މަސައްކަތްކުރުމަށް މީސްތަކުންނަށް ދީނުގެدعوة ދިނުން.
  4. ހަތަރުވަނަކަމަކީ:-ﷲ ގެ މަގުގައި ނިކުމެ ދީނުގެ މަސައްކަތްކުރުމުގެ ސިފަ ލިބިގަތުމަށް އެދިالله އަށް ގިނަގިނައިން دعاءކުރުން.

وعَنْ سَهْلِ بن سعدٍ ، رضي اللَّه عنْهُ ، أنَّ النبي صَلّى اللهُ عَلَيْهِ وسَلَّم قَالَ لِعَليًّ ، رضي اللَّه عنْهُ : « فو اللَّهِ لأنْ يهْدِيَ اللَّه بِكَ رجُلاً واحِداً خَيْرٌ لكَ من حُمْرِ النَّعم » متفقٌ عليهِ.

މާތްالله ރުއްސުންލެއްވި سَهْل بن سعد ގެކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން نبيއާ صلّى الله عليه وسلّم މާތްاللهރުއްސުންލެއްވި عليގެފާނަށް حديث ކުރެއްވިއެވެ. ފަހެ މާތްاللهގަންދީހުވާކުރަމަވެ. ތިޔަބައިމީހުންގެތެރެއިން މީހެއްގެފުށުން الله سبحانه وتعالىއެހެން މީހަކަށް هدايةއެއް މިންވަރުކުރެއްވުން ތިޔަބައިމީހުންނަށްޓަކައި ރަތްކަންގަދަ ޖަމަލުތަކަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.