ބައްދަލުކުރާ


މިއީ މަގުމަތީން ބައްދަލުކޮށް ނަސޭހަތްދިނުމަށް ބޭނުންކުރާނެ މުޤައްރަރެވެ. މިތަކެތި ހިތު ދަސްވާންޖެހޭނެއެވެ.


بسم الله الرحمن الرحيم


السلام عليكم ورحمة الله وبركاته

އަޅުގަނޑަކީ .................. /.................... އަތޮޅު ............. ން.

އެންމެ ފުރަތަމައިން الله سبحانه وتعالى އަށްحمدކޮށް شكر ދަންނަވަނީ އެއިލާހުގެ فضل ވަންތަކަމުން އަހަރުމެން މުސްލިމުންގެގޮތުގައި ލައްވަވާފައިވާތީ. އަޅުގަނޑަކީވެސްމުސްލިމެއް. އަދިތިބޭފުޅާއަކީވެސް މުސްލިމެއް. މުސްލިމުންނަކީ އެއްބަޔަކު އަނެއްބަޔަކަށް ދީނީ ގޮތުން ގުޅުންތައް އޮންނަންޖެހޭބައެއް. މާތްالله سبحانه وتعالى ، وحي ކުރައްވާފައިވަނީ إِنَّمَا الْمُؤْمِنُونَ إِخْوَةٌ މާނައީ:- ހަމަކަށަވަރުން މުއުމިނުން ވާކަންކަށަވަރީ އަޚުންތަކެއްކަމުގައެވެ.

މާތްالله سبحانه وتعالىގެفضل ވަންތަކަމުން އަހަރުމެން މިވަނީ އެންމެމާތް ،އެންމެ ހެޔޮއުއްމަތުގެ ގޮތުގައި ބިންމައްޗަށް ފޮނުއްވާފައި. މާތްالله سبحانه وتعالى ، وحي ކުރައްވާފައިވަނީ كُنْتُمْ خَيْرَأُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِوَتُؤْمِنُونَ بِاللَّهِ މާނައީ:- މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެހެޔޮ أمّة ކަމުގައި ތިޔަބައިމީހުންވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمرކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّهއަށް إيمانވަމުއެވެ.

މުސްލިމުންގެ ހަޤީޤީ ވަޒީފާއަކީ ދީނަށް ގޮވައިލުމުގެ ވަޒީފާ. މާތްالله سبحانه وتعالى އަހަރުމެން އުފެއްދެވީވެސް އެ مقصدގައި. މާތްالله سبحانه وتعالى ، وحي ކުރައްވާފައިވަނީ وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ މާނައީ: ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ ،ތިމަންރަސްކަލާނގެ ޖިންނީންނާއި ،އިންސީން ނަހައްދަވަމެވެ. އަޅުކަމުގެ މާނައިގައި ބަހާއި ޢަމަލުން الله سبحانه وتعالى ރުހިވޮޑިގަންނަވާ އެންމެހާ ކަންތައްތައް ޝާމިލުވެގެންވޭ.

އިންސާނާގެޙަޤީޤަތަކީ ބާއްޖަވެރިކަމާއިހަމަޔަށް ވާސިލުވުން . އެއީދުނިޔެއިންވެސް ބާއްޖަވެރިކަން ހޯދާގަތުން . އަދި އާޚިރަތުންތުންވެސް ބާއްޖަވެރިކަންހޯދާގަތުން . މިދެތަނުގެބާއްޖަވެރިކަންވެސް ޙާސިލުކުރެވޭން އޮތް ހަމައެކަނި މަގަކީދީނުގެމަގު . އީމާންކަމުގެމަގު . މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ. مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَىٰ وَهُوَمُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةًطَيِّبَةًۖ وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ މާނައީ: مؤمنއަކުކަމުގައިވާحال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތައަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދިހަމަކަށަވަރުން، އެއުރެންعملކޮށްއުޅުނު އެންމެހެޔޮގޮތުގެ ދަރުމައިން،އެއުރެންނަށް،ތިމަންރަސްކަލާނގެ ޖަޒާދެއްވާހުށީމެވެ.


  • الله ގެރުއްސެވުންހޯދާގަތުމަށްޓަކައި ދާންއޮތްމަގަކީ އީމާންކަމުގެމަގު .
  • آخرة ގެބާއްޖަވެރިކަން ހޯދާގަތުމަށްޓަކައި ދާންއޮތްމަގަކީ އީމާންކަމުގެމަގު .
  • ދުނިޔޭގެ ހެވާއިލާބަހޯދާގަތުމަށްޓަކައި ދާންއޮތްމަގަކީ އީމާންކަމުގެމަގު .
  • مجتمعގެހަމަޖެހުން ހޯދާގަތުމަށްޓަކައިދާންއޮތްމަގަކީ އީމާންކަމުގެމަގު .
  • ދީނުގެ މަގު ދޫކޮށްލައިފިނަމަ އޮތީ ގެއްލުމާއި ހަލާކު.

މާތްالله سبحانه وتعالى ، وحى ކުރެއްވާފައިވަނީ،وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةًضَنْكًاوَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ މާނައީ: އަދި ތިމަންރަސްކަލާނގެ قرآنއަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތިދިރިއުޅުމެކެވެ. އަދި قيامةދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشرއަށް ފޮނުއްވާހުށީމެވެ.

މިހެންކަމުން الله އިރާދަކުރެއްވިއްޔާ މިރޭއިޝާނަމާދަށްފަހު .......... މިސްކިތުގައިقرآن އާއިحديث ގެއަލީގައި އިމާންކަން ތާޒާކުރުމަށްޓަކައި وعظ نصيحة ދިނުމާއި ދީނުގެ ފިކުރުކުރުމާއި މަޝްވަރާ ކުރުންއޮންނާނެ. ވީމާ އަޅުގަނޑުމެންނާއިއެކު މިކަމުގައި ބައިވެރިވެވަޑައިގެން ދެއްވުންއެދި ތިބޭފުޅާއަށް ދައުވަތުއަރުވަން.

والسلام عليكم ورحمة الله وبركاته