މިއީ އަވަށުބު ރުޖެހުމަށް ހިއްވަރު ދިނުމަށް ނަސޭޙަތް ދިނުމަށް ބޭނުންކުރާނެ މުޤައްރަރެވެ. މިތަކެތި ހިތުދަސްވާންޖެހޭނެއެވެ.


بسم الله الرحمن الرحيم


الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه اجمعين اما بعد ! السلام عليكم ورحمة الله وبركاته وبعد

  1. ބާއްޖަވެރިކަން
  2. ހަމަކަށަވަރުން ކާމިޔާބާއި ދިންނެވުމާއި ބާއްޖަވެރިކަން ބީނާވެގެންވަނީ ދީނުގެعمل ތަކުގެ މައްޗައް. މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ.

    مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةًۖ وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٧النحل﴾ މާނައީ:مؤمنއަކު ކަމުގައިވާحال،ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ،صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عملކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.

    މިހެންކަމުން ދީނެއްގެ މައްޗަށް ބިނާވެގެންނުވާ އެއްވެސް އުއްމަތެއް މިފަސްގަނޑުގައި ނުވެއެވެ. މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ.

    قال الله تعالى : وَإِنْ مِنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ ﴿٢٤فاطر﴾

    މާނައީ: އަދި އެأمّةއަކަށް إنذارކުރައްވާ ބޭކަލަކު،އިސްވެގޮސްފައިނުވާ އެއްވެސް أمّةއެއް ނުވެތެވެ.

  3. ދީނަކީ ފުރާނައިގެ ކާނާ
  4. ދީނަކީ ފުރާނައިގެ ކާނާ. އިންސާނާ އުފެދިފައިވަނީ މައިގަނޑު ދެއެއްޗެއްގެ މައްޗަށް. އެއީ ޖިސްމާއި ރޫޙް . އެއިންކޮންމެ އެއްޗެއްމެ ދިރިހުރުމަށްޓަކައި ކާނާއަކަށް ބޭނުންވޭ. ޖިސްމުގެ ކާނާއަކީ ކާބޯތަކެތި. ރޫޙުގެ ކާނާއަކީ އީމާންކަން.

    މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ.

    قال الله تعالى : أَفَمَنْ شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِنْ رَبِّهِۚفَوَيْلٌ لِلْقَاسِيَةِ قُلُوبُهُمْ مِنْ ذِكْرِاللَّهِۚأُولَٰئِكَ فِي ضَلَالٍ مُبِينٍ ﴿٢٢الزمر﴾

    މާނައީ: ފަހެ،الله سبحانه وتعالى ،إسلام دينއަށް އެމީހެއްގެ ހިތް ތަނަވަސް ކޮށްދެއްވުމުން އޭނާގެ ވެރިރަސްކަލާނގެ حضرةން نورއެއް ލިބިފައިވާމީހަކު (އެނޫން މީހަކާ އެއްފަދަހެއްޔެވެ؟) ފަހެ، اللَّهހަނދާންކުރުން ދޫކުރުމުން، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކު ހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.

  5. އިންސާނުން އުފެއްދެވުމުގެمقصد
  6. އިންސާނުންނަކީ ބޭކާރުގޮތުގައި އުފެދިފައިވާ ބައެއްނޫން.

    މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ.

    قال الله تعالى : أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴿المؤمنون١١٥﴾

    މާނައީ: ހަމަކަށަވަރުން،ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ،ބޭކާރުގޮތުގައި،ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން،ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرةއަށް رجوع ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ،ހީކުޅައީހެއްޔެވެ؟

    އިންސާނުންއުފެއްދެވުމުގެمقصدކީރިތި قرآنބަޔާންކޮށްދެއްވިއެވެ.

    މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ.

    وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ﴿٥٦الذاريات﴾

    މާނައީ: ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.

    އަޅުކަމުގެ މާނައިގައި ބަހާއި ޢަމަލުން الله سبحانه وتعالى ރުހިވޮޑިގަންނަވާ އެންމެހާކަންތައްތައް ޝާމިލުވެގެންވޭ.

  7. އީމާންކަމުގެ މުހިއްމުކަން
    • އީމާންކަން އެއީ الله ގެ ރުއްސެވުން ހޯދާގަތުމަށްޓަކައި ދާންއޮތްމަގު.
    • އީމާންކަން އެއީ آخرة ގެ ބާއްޖަވެރިކަން ހޯދާގަތުމަށްޓަކައި ދާންއޮތްމަގު.
    • އީމާންކަން އެއީ ދުނިޔޭގެ ހެވާއިލާބަ ހޯދާގަތުމަށްޓަކައި ދާންއޮތްމަގު.
    • އީމާންކަން އެއީ مجتمعގެ ހަމަޖެހުން ހޯދާގަތުމަށްޓަކައި ދާންއޮތްމަގު.

    މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ.

    وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةًضَنْكًاوَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ ﴿١٢٤طه﴾

    މާނައީ: އަދިތިމަންރަސްކަލާނގެ قرآنއަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތިދިރިއުޅުމެކެވެ. އަދިقيامةދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشرއަށް ފޮނުއްވާހުށީމެވެ.

  8. ރަސޫލުބޭކަލުން ފޮނުއްވުމުގެ مقصد
  9. الله سبحانه وتعالىރަސޫލުން ފޮނުއްވެވީ މީސްތަކުންނަށް އެއިލާހުގެ شريعة ފޯރުކޮށް ދެއްވުމަށް ޓަކައި .

    މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ.

    وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ ﴿العنكبوت١٨﴾

    މާނައީ: އަދިبيانވެގެންވާ އިއްވެވުން މެނުވީ، رسولއާގެ މައްޗަކަށް ނުވެއެވެ.

    ރަސޫލުބޭކަލުންގެ ތެރެއިން އެންމެފަހުގެ ރަސޫލަކީ މިއުއްމަތުގެ މާތް ނަބިއްޔާ محمد صلى الله عليه وسلم. އެކަލޭގެފާނަކީ އެންމެފަހުގެ ނަބިއްޔާކަމުގައިވުމުން އެކަލޭގެފާނުގެ ރިސާލަތުވެސް އައިސްފައިވަނީ ހުރިހައި ޒަމާނަކާއި ހުރިހައި ބަޔަކަށް عامވެ شاملވެގެންވާގޮތަށް.

    މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ.

    الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ﴿٣ المائدة ﴾

    މާނައީ: މިއަދު، ތިޔަބައިމީހުންގެدين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެنعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދިإسلام دين ތިޔަބައިމީހުންނަށް دينއެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.

    رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

    أنا خاتم النبيين ولا نبي بعدي

    މާނައީ: ތިމަންކަލޭގެފާނަކީ ނަބީކަން ޚަތަމު ކުރެއްވި ނަބިއްޔާއީމެވެ. އަދި ތިމަންކަލޭގެފާނަށްފަހު ނަބީއަކުނުވެއެވެ.

    މިހެންކަމުން ދީނަށްޓަކައި އެންމެ މަތިވެރި ލާމަސީލު ޤުރުބާނީ ތަކެއްދެއްވެވީ އެނަބިއްޔާ . އެއީ ބަޔާންކޮށް ހުސްވާނެ ޤުރުބާނީ ތަކެއްނޫން . ހަމަ އެކަނި މިސާލެއްގެގޮތުން

    • قريش ގެމީހުންއެކަލޭގެފާނަށް ދެއްކިއެކިއެކިއަފުވަތައް . ނަމަވެސް އެކަލޭގެފާނު ވިދާޅުވީ والله لو وضعوا الشمس في يميني والقمر في يساري على أن أترك هذا الأمر ما تركته" މަނައީ:- މާތް ގަންދީބުނަމެވެ. އެބައިމީހުން ތިމަންކަލޭގެފާނުގެ ކަނައަތަށް އިރު މިލްކުކޮށްދީފައި އަދި ވައަތައް ހަނދު މިލްކުކޮށްދީފައި އެކަންދޫކޮށްލާށޭ ބުނިކަމުގައި ވިއަސް ތިމަންކަލޭގެފާނު އެކަން ދޫނުކުރާ ހުށީމެވެ.
    • ތިންއަހަރުދުވަސްވަންދެން އެކަލޭގެފާނުގެ މައްޗަށް އަޅާފައިއޮތް إجتماعيއަދިإقتصادي ދަތިކުރުމުގެ ފިޔަވަޅުތައް.
    • طائف އަށް އިސްލާމްދީނަށް ނަސްރު ހޯއްދެވުމަށް ވަޑައިގަތުމުން އެރަށުގެ މޮޔަކުދީން ލައްވައި އެކަލޭގެފާނު ކުދުގަލުންތަޅާ ރަޖަމުކުރުން . ނަމަވެސް އެކަލޭގެފާނު الله އަށް ދެންނެވީ إِنْ لَمْ يَكُنْ بِكَ غَضَبٌ عَلَيَّ فَلاَ أُبَالِي ، މާނައީ: އިބަ އިލާހުގެ ކޯފާއެއް އަޅުގެމައްޗަށް ނުވާނަމަ އެހެންކަންތަކާއި މެދު ފަރުވާލެއްނެތެވެ.
    • ނަމާދަށް كعبة ގައި ހުންނަވާ ވަޤުތު ބަލާފައި ބޯފުޅަށް ކުނިވެފައި ހުންނަށް ބަނޑުގޮހޮރުތައް އަޅަމުން ދެންދިޔަ.

    ނަމަވެސް އެކަލޭގެފާނު ފަހަތައްޖެހިވަޑައިނުގަންނަވާ. އެކަލޭގެފާނު ގެންދެވީ ދީނަށްޓަކައި ފިދާވަމުން. އެކަލޭގެފާނާއި އެކަލޭގެފާނުގެ އަސްޙާބުބޭކަލުން ދީނަށްޓަކައި ނަފުސާއި މުދަލާއި ވަޤުތާއި އަދި މުޅި ޙަޔާތް އެއްކޮށް ޤުރްބާނީކޮށްލެއްވި. އެބޭކަލުންގެ މުދަލާއި އެބޭކަލުންގެ މަސައްކަތްތައް ދީނުގެ މަގުގައި ނިކުތުމުން މަނާއެއްނުކުރި.

    رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

    بَلِّغُوا عَنِّى وَلَوْ آيَةٌ

    މާނައީ: ތިމަންކަލޭގެ ފާނުގެ ފަރާތުން އެއްމެ އާޔަތެއް ނަމަވެސް އެހެންމީހުންނާއި ހަމަޔަށް ފޯރުކޮށްދޭށެވެ. رسول الله صلى الله عليه وسلم ، ސުވަރުގަވަޑައިގަތީ އެކަލޭގެފާނުގެ މަސްއޫލިއްޔަތު ފުރިމަކުރައްވާ ދެއްވަވާފައި. އެކަލޭގެފާނުގެ އަސްޙާބުބޭކަލުން ވަނީއެބޭކަލުންގެ މަސްއޫލިއްޔަތު ފުރިމަކުރައްވާ ދެއްވަވާފައި. ދެން ބާކީ އޮތީ އުއްމަތުގެ މަސްއޫލިއްޔަތު.

  10. އުއްމަތުގެ މަސްއޫލިއްޔަތު
  11. ދީނުގެ دعوةދިނުމަކީ ކޮންމެ މުސްލިމެއްގެ ހަޤީޤީވަޒީފާ . ކޮންމެ މުސްލިމަކީ ގޭތެރޭގައި ހުންނައިރު ، މަސައްކަތުގައި ހުންނައިރު، ވިޔަފާރީގައިހުންނައިރު ،މަގުމަތީގައި ހުންނައިރު ދީނަށް ގޮވާލާމީހަކަށް ވާންޖެހޭ. ސަބަބަކީ އޭނާއަކީ އެމަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މީހެއް.

    رسول الله صلى الله عليه وسلم ، حديث ކުރެއްވިއެވެ.

    كُلُّكُمْ راعٍ، وكُلُّكُمْ مسئولٌ عنْ رعِيَّتِهِ

    މާނައީ: ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބަލާބަލަހައްޓަންޖެހިފައިވާ މީހެކެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ އެމީހާ ބަލާބަލަހައްޓަންޖެހިފައިވާ މީހުންނާއިމެދު قيامةދުވަހުން ސުވާލުކުރެވޭނެ މީހެކެވެ. ދީނުގެ މަސްއޫލިއްޔަތު އަދާކޮށްގެންމެނުވީ ކާމިޔާބާއި ހަމަޔަށް ވާސިލުނުވެވޭނެ.

    މާތްالله سبحانه وتعالى ، وحى ކުރެއްވިއެވެ.

    وَالْعَصْرِإِنَّ الْإِنْسَانَ لَفِي خُسْرٍ إِلَّا الَّذِينَ آمَنُوا وَعَمِلُواالصَّالِحَاتِ وَتَوَاصَوْابِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿العصر﴾

    މާނައީ: ޒަމާން ގަންދެއްވަމެވެ . ހަމަކަށަވަރުން، އިންސާނާވަނީ، ގެއްލުމެއްގައި ކަންކަށަވަރެވެ . إيمانވެصالح عملތައްކޮށް، އަދި އެކަކު އަނެކަކަށް حقއަށް وصيةކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصيةކޮށް އުޅުނު މީހުން މެނުވީއެވެ.