އަވަށު ދީނީ މަސައްކަތު ނިކުތުން


މިއީ ކޮންމެ މަހަކު އެއްފަހަރު ތިންދުވަހު ނުވަތަ ކުޅަދާނަކަންލިބުނު މިނަކަށް ކުރަން ހަމަޖެހިފައިވާ މުހިއްމު މަސައްކަތެކެވެ.


ޖަގަހަ: މިސްކިތް

ކުރަންޖެހޭ ކަންތައްތައް:

  1. ދަތުރުކުރުން
  2. ދަތުރުފެށުމުގެކުރީގައި ދަތުރުގެ އިރުޝާދު ދިނުން ( މަންހަޖު ލިޔެވިފައި)
  3. ދަތުރުގެ ފައިބާ މަންޒިލަކީ މިސްކިތްކަމުގައި ހަމަޖެއްސުން
  4. މިސްކިތުގެ އަދަބުތަކައްރައްކާތެރިވުން
  5. މަޝްވަރާކޮށް ދުވަހުޔައުމިއްޔާ ކަނޑައެޅުން
  6. މިސްކިތަށް ވަނުމަށްފަހު އެންމެފުރަތަމަ އަންނަ ނަމާދެއްގެ ޖަމާއަތް ނިމުމުން ތެދުވެ ތަޢާރަފުވެލުން (މަންހަޖު ލިޔެވިފައި)
  7. މިސްކިތައް ހާސިރުވެފައި ތިބިމީހުންނާއި އިންފިރާދީގޮތުން ވާހަދައްކާގެން ރަށުގެ އިޖްތިމާއީ އަދި ދީނީ ޙާލަތުދެނަގަތުން. މިގޮތުން އެމީހަކަށް ލިބުނުމައުލޫމާތު ޖަމާޢަތުގެ އަމީރާއި ވަޤުތުން ހިއްސާކުރުން
  8. ހެދުނު 9.30ން12.00 އަށް މިސްކިތުގައި ތިބެ ތައުލީމުކުރުން (رياض الصالحين – ހަސިފަ މުރާޖަޢާ ކުރުން)
  9. މެންދުރު ނަމާދަށް ފަހު މިސްކިތަށް އައިސްފައިތިބި މީހުންނަށް އިންފިރާދީގޮތުން ދީނުގެދައުވަތު ދިނުން (ސުންނަތްކުރުމަށްފަހު މިސްކިތުގައި އެތުރުންގަތުން. / ފޯވާރޑް ދެފަޅިން - މިޑްފީޑް- ޑިފެންސް ، ޑިފެންސްނަގާނީ އިމާމާއި ގާތުން ނުވަތަ އިމާމުމީހާ އެވަގުތު ހުރިތަނަކުން .މިރޯލުކުޅޭނީ ޖަމާޢަތުގެ އަމީރު) ( މަންހަޖު-ބައްދަލުކުރާ)
  10. މެންދުރުކެއުން (ކެއުމަށް އެއްވެތިބެ ކާންފެށުމުގެކުރީގައި ކެއުމު އަދަބުތައް ބައިވެރީންގެތެރެއިން އެކަކު އެންމެނަށް އަޑުއިއްވުން)
  11. ގައިލޫލާ
  12. އަސްރުނަމާދު ކުރުން
  13. އަސްރުނަމާދުގެޖަމާއަތްނިމުމުން ތެދުވެ ބުރުޖެހުމަށް ޝައުޤްވެރިކުރުމަށް ކުރު ބަޔާނެއް ދިނުން
  14. ބުރުޖެހުން (މަންހަޖު ލިޔެވިފައި)
  15. އިޝާނަމާދުކުރުން އިއުލާންކުރުން (މަންހަޖު ލިޔެވިފައި)
  16. ސުންނަތައްފަހު ބަޔާންދިނުން ( މަންހަޖުލިޔެވިފައި)
  17. ރޭގަނޑުކެއުން
  18. ނިދުން (ސުންނަތުގެއަލީގައި)
  19. ދަމު ނަމާދައް ތެދުވުން
  20. ފަތިސްނަމާދުކުރުން
  21. ފަތސްނަމާދައްފަހުބަޔާންދިނުން
  22. ދުވަހުޔައުމިއްޔާގެ މަޝްވަރާބައްދަލުވުން/ދުވަހުޔައުމިއްޔާކަނޑައެޅުން
  23. އިޝްރާޤް ނަމާދު ވަގުތުވަންނަންދެން މިސްކިތުގައިމަޑުކުރުން/ ޒިކުރުކުރުން
  24. އިޝްރާޤް ނަމާދުކުރުން
  25. ނާސްތާކުރުން
  26. އަރާމުކުރުން/ 9.00 ންތެދުވެ މިޤަވާއިދުގެ (8ވަނަ ނަންބަރުން) ފެށިގެން ކުރިޔައްދިއުން