ތަޢާރުފުކުރުން


މިއީތަޢާރުފުވުމަށް ބޭނުންކުރާނެ މުޤައްރަރެވެ.މިތަކެތި ހިތުދަސްވާން ޖެހޭނެއެވެ.

بسم الله الرحمن الرحيم

الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه اجمعين اما بعد !

ލޮބުވެތިއަޚުން ! السلام عليكم ورحمة الله وبركاته وبعد

އިންސާނުންގެترقيއާއިتهذيب ގެބިންގަލަކީ އެއްބަޔަކު އަނެއްބަޔަކަށް تعارفވުން.

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍوَأُنْثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُواۚإِنَّأَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْۚإِنَّ اللَّهَ عَلِيمٌ خَبِيرٌ ﴿١٣الحجرات﴾

މާނައީ: އޭމީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި،އަންހެނެއްގެކިބައިންނެވެ. (އެބަހީ: آدمގެފާނާއި،حوّاءގެފާނުގެކިބައިންނެވެ.) އަދިތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قومތަކަށާއި، قبيلةތަކަށްލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارفވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّهގެحضرةގައި ތިޔަބައިމީހުން ކުރެ އެންމެ މާތްކަންބޮޑީ،ތިޔަބައިމީހުންކުރެ އެންމެ تقوىވެރިމީހާއެވެ. ހަމަކަށަވަރުން،اللَّهއީ،މޮޅަށްދެނެވޮޑިގެންވާ،خبيرވަންތަ ރަސްކަލާނގެއެވެ.

މިފަދަ تعارفއެއްގެ ބޭނުމަކީ ހެޔޮކަމާއި تقوىގެމައްޗަށް ހިތްތައް ގުޅުވުން. އިންސާނުންގެ ހިތްތައް ގުޅުވައި، އެކުވެރިކުރުވައި، އެއްގަލަކަށްއަރުވައި، އެއްބައިވަންތަކަން قائمކޮއްދޭ އެންމެ ބޮޑުވަސީލަތަކީ އިސްލާމްދީނުގެ ގުޅުން.

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

وَأَلَّفَ بَيْنَ قُلُوبِهِمْۚلَوْأَنْفَقْتَ مَا فِي الْأَرْضِ جَمِيعًا مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَٰكِنَّ اللَّهَ أَلَّفَ بَيْنَهُمْ ۚإِنَّهُ عَزِيزٌحَكِيمٌ﴿الأنفال٦٣﴾

މާނައީ: އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: مؤمنންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު،اللَّه، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ،عزيزވަންތަ،حكيمވަންތަ ރަސްކަލާނގެއެވެ.

ދީނަކީ ދުނިޔެއާއިآخرةގެބާއްޖަވެރިކަން.

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَفَوْزًا عَظِيمًا ﴿الأحزاب ٧١﴾

މާނައީ: اللَّهއަށާއި، އެކަލާނގެ رسولއާއަށް ކިޔަމަންވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيبލިބުމަކުން އެމީހާއަށް نصيبލިބިއްޖެއެވެ.

ތާރީޚަށް ޖެހިލާއިރު ފެންނަން އޮތް ޙަޤީޤަތަކީ އިސްލަމްދީން ކުރިއަރައިގެން ދިޔައީ މައިގަނޑު ދެސަބަބާއިހުރެކަން. އެއީ މައްކާއިން ދީނަށްޓަކައި މަދީނާއަށް ހިޖްރަކުމާއި މަދީނާއިން ދީނަށް ނަސްރު ދިނުން. ދީނަށްޓަކައި އެދެފަރާތުން ދެއްވި ޤްރްބާނީ ﷲ ޤަބޫލު ކުރެއްވެވި. އެބޭކަލުންގެ އެމަތިވެރި ޢަމަލުތަކަށް އޭގެވައްތަރުން ޖަޒާދެއްވި. ދުނިޔެއިން ރިޒްޤް ތަނަވަސްކަން ލިބިވަޑައިގަތް. ބިންމަތީގައި ތިޔާގަކަން ލިބި ވަޑައިގަތް. ހަށިގަނޑުގެ ދުޅަހެޔޮކަން ލިބިވަޑައިގަތް. ޙަޤީޤީމު މުއުމިނުންގެ ޝަރަފު ލިބިވަޑައިގަތް. ﷲ ގެރުއްސެވުން ލިބިވަޑައިގަތް. آخرةގެދިންނެވުން ލިބިވަޑައިގަތް.

މާތްالله سبحانه وتعالى ، وحي ކުރެއްވިއެވެ.

وَالَّذِينَ آمَنُواوَهَاجَرُواوَجَاهَدُوا فِي سَبِيلِ اللَّهِ وَالَّذِينَ آوَوْاوَنَصَرُوا أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّاۚلَهُمْ مَغْفِرَةٌ وَرِزْقٌ كَرِيمٌ ﴿الأنفال٧٤﴾

މާނައީ: އަދި إيمانވެ هجرةކޮށް، اللَّهގެމަގުގައި جهادކޮށް އުޅުނު މީހުންނާއި (އެއުރެންނަށް) ހިޔާވަހިކަންދީ نصرދިންމީހުން (ދަންނާށެވެ!) حقيقةގައި مؤمنންނަކީ، ހަމަ އެއުރެންނެވެ. އެއުރެންނަށް ފާފަފުއްސެވުމާއި ދީލަތިވެގެންވާ رزق ހުށްޓެވެ.

އަޅުގަނޑުމެންގެ މިޖަމާޢަތަކީ މިރަށަށް ދީނުގެދައުވަތު ދިނުމަށް އައިސްފައިވާ ބައެއް. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ އެއްބާރުލުން މިކަމުގައި ބޭނުންވޭ. ވީމާދީނުގެ މަސައްކަތަށް އަޅުގަޑުމެންނަށް އެއްބާރުލުން ދެއްވުންއެދެން .